ފުލުހުންގެ ވެހިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިރޭ 7:20 ހާއިރު ސިނަމާލެ ބުރިޖުން ފައިބައިގެން ހުޅުމާލެއަށް ދާން އޮންނަ ސަރަހައްދުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ސައިކަލެއްގައި ފުލުހުންގެ ވެހިކަލެއް ޖެހި އެކްސިޓެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު