ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު މަދަރުސާގައި މަލްޓިޕާޕަސް ހޯލު އިމާރާތް ކުރުން އަވަސް ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ގަރާރު ހުށަހަޅުއްވަމުން ފަޒުލް ވިދާޅުވީ، ވ.ފެލިދޫ ގައި ހުންނަ ވ. އަތޮޅު ތައުލީމީ މަރުކަޒުގައި، އިމާރާތް ކުރުމަށް 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާއި އަދި މި އަހަރުވެސް ބަޖެޓް ކުރެވިފައިވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައިވާތީ އާއި ދެ ފަހަރެއްގެ މަތިން ކޮންޓްރެކްޓަރުން އައްޔަންކުރެވިގެން ވެސް މި މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށެވެ.
މީގެ އިތުރުން ވ. ފުލިދޫ ގައި ހުންނަ ވ.އަތޮޅު މަދަރުސާގައި މަލްޓިޕާޕަސް ހޯލު އިމާރާތް ކުރުމަށް 2020 ވަނަ އަހަރާއި، މިއަހަރު ވެސް ބަޖެޓު ކުރެވިފައިވާ މަސައްކަތް ފެށިފައި ނުވާތީ، ސްކޫލަށާއި ދަރިވަރުންނަށް ދަތިތައް ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ދަތިތައް ހައްލު ކުރުމަށްޓަކައި އެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވުމަށް އިލްތިމާސް ކުރުމަށް އިލްތިމާސްކޮށް ގަރާރު ހުށަހެޅުއްވީ ކަމަށްވެސް ފަޒުލް ރަޝީދު ވިދާޅުވިއެވެ.
ވ. އަތޮޅު
ވ. އަތޮޅު
ވ. އަތޮޅު
ވ. އަތޮޅު