އައިސީޔޫތައް ފުރި ފްރާންސް ތިންވަނަ ފަހަރަށް ލޮކްޑައުން ކޮށްފިއެވެ.
ފްރާންސުގެ ސަރުކާރުން ވަނީ އެގައުމުގެ ހުރިހާ ސްކޫލްތަކާއި ފިހާރަތައް އިތުރު ހަތަރު ހަފުތާއަށް ބަންދުކޮށްފައެވެ. އެގައުމުން ވަނީ ރޭގަނޑު 19:00 އިން ފެށިގެން ހެނދުނު 06:00 އަށް ކާފިއު ވެސް ހިންގަން ފަށާފައެވެ.
ފްރާންސުގެ ރައީސް އެމަނުއެލް މެކަރަން ވަނީ އެގައުމުގެ ހޮސްޕިޓަލުތަކުގެ އެނދުތައް އިތުރުކޮށް ސިއްހީ ދާއިރާ ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަން އާންމު ކުރައްވާފައެވެ.
ފްރާންސުގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކުގެ އައިސީޔޫގައި 5000 އަށްވުރެން ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ފްރާންސުން މިހާތަނަށް 4.74 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެގައުމުގެ 96،493 މީހުން ބަލީގައި މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ