ޅ. ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 347 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅުތެރޭގެ ކޮވިޑް ކްލަސްޓަތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ، ފެލިވަރުން 347 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 550 އަށް އަރާ ކަމަށެވެ.
"ފެލިވަރުން މިހާތަނަށް ވަނީ 540 ސާމްޕަލް ނަގާފައި،" މައުރޫފް ވިދާޅުވިއެވެ.
ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ފެލިވަރުގެ އިތުރުން އެ އަތޮޅު ނައިފަރާއި ހިންނަވަރާއި އޮޅުވެލިފުށި އަދި ކުރެންދޫން ވެސް ވަނީ ކޮވިޑުގެ ކޭސްތަކެއް ފެނިފައެވެ. އެރަށްތައް ހިމެނޭހެން ރާއްޖޭގެ 17 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު