އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއާ އަދި މެކްބުކް ޕްރޯ، ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

މޫލީ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާވެސް ކޮށްދޭނެއެވެ.

މޫލީ ޓީމުން ބުނީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއާ ޕްރީ އޯޑަރަށް ނަގާ ފަރާތްތަކަށް މިމަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވާ ކުރެވިގެންދާނެ ކަމަށެވެ.

  • 256 ޖީބީ، އައިޕެޑް ޕްރޯ 12.9" - 22،299 ރުފިޔާ
  • 512 ޖީބީ، މެކްބުކް އެއާ 13" - 22،599 ރުފިޔާ
  • 512 ޖީބީ، މެކްބުކް ޕްރޯ 13" - 32،199.01 ރުފިޔާ

ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިން ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުން އަންނަ އިރު، މި ޕްލެޓްފޯމް އޮތީ ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށްވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

[މޫލީ މެދުވެރިކޮށް ގަތުމަށް ] (http://ore.do/app)