ކުޅިވަރު

ކްރިކެޓް ލެޖެންޑް ސަޗިން އަށް ކޮވިޑް 19 ޖެހިގެން އެޑްމިޓް ކޮށްފި

ދުނިޔޭގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކާ، ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ސަޗިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި، އޭނާ އެޑްމިޓް ކޮށްފައި ވަނީ ސިއްހީ މާހިރުންގެ ލަފައާއެކު ގާތުން ބަލައި ފަރުވާ ކުރުމަށް އެދިފައި ވުމުން ކަމަށެވެ. އެތައް މިލިއަން މީހުންނެއް އިންތިހާއަށް ލޯބިކުރާ އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސަޗިން ބުނެފައި ވަނީ އުންމީދަކީ ވީ އެންމެ އަވަހަކަށް ކޮވިޑުން ރަނގަޅު ވެ އެނބުރި ގެއަށް ދެވުން ކަމަށެވެ.

އިންޑިއާގެ ގިނަ ސިޓީތަކެއްގައި ކޮވިޑް 19ގެ ކޭސްތައް ކުއްލިއަކަށްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އުމުރުން 47 އަހަރުގެ ސަޗިންއަށް ކޮވިޑް ޖެހުނުކަން އިއުލާން ކޮށްފައި މިވާ ދަނޑިވަޅަކީ ކަމާ ބެހޭ މާހިރުން ބުނެފައިވާ ގޮތުން އިންޑިއާއަށް އެންމެ ނުރައްކާތެރި ކޮވިޑް 19ގެ ރާޅު ބިންދާލާނެ ދުވަސްވަރެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް އެގައުމުން ވަނީ 81،466 އާ ކޭސް ރިޕޯޓް ކޮށްފައެވެ. އެދުވަހު އެކަނި 469 މީހުން ކޮވިޑް 19ގައި އިންޑިއާއިން މަރުވެފައިވާއިރު، އެއީ ޑިސެންބަރަށްފަހު އަދަދުތައް އެންމެ މައްޗަށް ދިޔަ ދިޔުމެވެ.