މެންޗެސްޓާ ސިޓީއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ލެޖެންޑަރީ ފޯވަޑް، ސާޖިއޯ އަގުއޭރޯ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފައިވީ ނަމަވެސް، ބަދަލުގައި ފޯވަޑެއް ގެންދަން ގަސްދު ނުކުރާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އުމުރުން 32 އަހަރުގެ އަގުއޭރޯ ކްލަބު ދޫކޮށްލާނެކަން ސިޓީން ޔަގީން ކޮށްދީފައިވާއިރު، ހަބަރުތައް ބުނެފައިވާ ގޮތުން، އޭނާގެ ބަދަލުގައި ސިޓީއަށް ވަރުގަދަ ފޯވަޑެއް ގެންދަން ކްލަބުން ބޭނުންވިއެވެ. އެގޮތުން ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ފޯވަޑް އާލިން ހާލަންޑާއި ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ފޯވަޑް ހެރީ ކޭންއަށް ސިޓީން ފާރަލުން ދިޔަކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.
" ވާނެ ގޮތެއް ޔަގީންކޮށް ބުނަން ނޭނގެ. މިހާރު ހުރި އަގުތަކުގައި އެއްވެސް ފޯވަޑެއް ސިޓީއަށް ގަންނާނަމެކޭ ނުބުނާނަން. އެއީ ނުވާނެކަމެއް. އެކަމަށް ހަރަދެއް ނުކުރެވޭނެ. ހުރިހާ ކްލަބަކުންވެސް އޮތީ ފައިނޭންޝިއަލީ އުނދަގޫ ހާލަތެއްގައި،" ގާޑިއޯލާ ބުނެފައިވެއެވެ.
ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބުތަކުން ލޯ އަޅަމުންދާ ހާލަންޑް، އެޖެންޓާއެކު މިވަގުތު ދަނީ ގިނަ ކްލަބުތަކަކާ ވާހަކަ ދައްކަމުންނެވެ. ޑޯޓުމަންޑުން ހާލަންޑަށް ކިޔާފައިވާ އަގަކީ ގާތްގަނޑަކަށް 128 މިލިއަން ޕައުންޑްގެ އަގަކަށްވާއިރު، މި ހާލަތުގައި ޔޫރަޕްގެ ގިނަ ކްލަބުތަކަށް އެ އަގު ދިނުމަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ.
ޔޫރަޕްގެ އެންމެ މުއްސަނދި އެއް ކްލަބު ސިޓީން އަބަދުވެސް ބޮޑެތި ޓްރާންސްފާތަކެއް ކުރާކަން ފާހަގަކުރެވިފައިވާއިރު، މިދިޔަ ޓްރާންސްފާ ސީޒަންގައި އެޓީމުން އެންމެ ބޮޑަށް ވިސްނުން ގެންގުޅެފައި ވަނީ ޑިފެންސް ރަނގަޅު ކުރުމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު