ދުނިޔެ

ވޭތުވެދިޔަ 24 ގަޑިއިރު އިންޑިއާއިން 81،466 ކޮވިޑް ކޭސް ފެނިއްޖެ

މުހައްމަދު އައުޒަމް

ވޭތުވެދިޔަ 24 ގަޑިއިރު އިންޑިއާ އިން 81،466 ކޮވިޑް ކޭސް ފެނިއްޖެއެވެ.

ކޮވިޑްގެ ހާލަތު އިންޑިއާގައި އަނެއްކާވެސް ގޯސްވެފައިވާއިރު އެގައުމުގެ މަހާރަޝްތުރާ އިން އެކަނިވެސް 47،827 ކޭސް ވަނީ ފެނިފައެވެ. އެ ސްޓޭޓުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 202 މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ އިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 469 މީހުން ބަލީގައި މަރުވެފައި ވެއެވެ. މިހާތަނަށް ޖުމުލަ 163،396 މީހުން ބަލީގައި އެ ގައުމުން މަރުވެފައި ވެއެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވެ އެގައުމުގެ ގިނަ ސިޓީތަކުން ކޭސްތައް އިތުރުވާން ފަށާފައިވާއިރު އެގައުމުން ވަނީ ކޮވިޑްގެ އާ ވޭރިއަންޓެއްވެސް ފެނިފައެވެ. މަހާރަޝްތަރާގެ ކޭސްތައް އިތުރުވާން ފަށާފައިވަނީ ވޭރިއަންޓުގެ ސަބަބުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ އިން މިހާތަނަށް 12.3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ.