ދިޔާ މިރްޒާގެ ދެވަނަ ކައިވެންޏަށް އެއް މަސް ވެފައިވާއިރު، އޭނާ އަލަތު ދަރިފުޅަށް ބަލިވެއިން ހަބަރު އާންމު ކޮށްފިއެވެ.
މިވާހަކަ ދިއާ މިރްޒާ ހިއްސާކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައެވެ.
ދިއާ އާއި އޭނާގެ ފިރިމީހާ ވައިބާވް އަދި ދޮންދަރިފުޅު ސަމައިރާ އާއެކު މީގެ ތިން ދުވަސްކުރިން، ރާއްޖޭގެ ޖޭއޭ މަނަފަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް ވަނީ އިންސްޓަގްރާމަށް ދޫކޮށްލައިފައެވެ.
ދިޔާ ބަނޑުބޮޑުކަމަށް ބުނެ އިންސްޓަގްރާމަށް ލާފައި ވަނީވެސް، އޭނާގެ ބަނޑުގައި އަތް އަޅާލައިގެން އެރިސޯޓުގެ ޖެޓީގައި ހުއްޓި ހުރެ ނަގާފައިވާ ރީތި ފޮޓޯއެކެވެ.
ދިޔާ މިރްޒާ މީގެ ކުރިން ސާހިލް އާއި ކައިވެނިކޮށްފައިވާއިރު އެ ދެމީހުންނަށް ކުއްޖަކު ލިބފައެއް ނުވެއެވެ. އަދި ދިއާގެ މިހާރުގެ ފިރިމީހާ ވައިބާވް މީގެ ކުރިން ސުނައިނާ އާ ކައިވެނިކޮށް، ސަމައިރާ ވަނީ ލިބިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް