ބޮލީވުޑް އެތަކެއް ތަރިންނެއްގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ވެފައިވާއިރު، މި ލިސްޓަށް މިފަހަރު މިވަނީ މަދޫރީ ޑިކްސިޓް އިތުރުވެފައެވެ.
މަދޫރީ އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނޭވާ ޖާނީ ރިސޯޓުގައެވެ. އެ ރިސޯޓުގެ ރީތި ކަން ފަހަތުން ފެންނަ ގޮތަށް މޫދު ކައިރީ ހުއްޓިލައިގެން ހުރެ ނަގާފައިވާ މަދޫރީގެ މިރީތި ފޮޓޯ ވަނީ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ''ހެލޯ ޕެރަޑައިސް'' ކެޕްޝަންކޮށް މިފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު ވަނީ ރާއްޖޭގެ މިހިތްގައިމު މަންޒިލަށް އޭނާއަށް މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި ކޮރިއޮގްރާފާ ފަރާ ހާންވެސް ހިމެނެއެވެ.
މަދޫރީ އޭނާގެ އާއިލާއާއެކު ޗުއްޓީއަށް އައުމުގެ ކުރިން ދަރިފުޅު އަރިން އާއެކު މުމްބާއީ އެއާޕޯޓުން ނަގާފައިވާ ވީޑިއޯއެއް ވަނީ ކުރިން ހިއްސާކޮށްފައެވެ. އަރިން އަށް ވަނީ ވަރަށް ފަހުން 18 އަހަރު ފުރިފައެވެ. ދަރިފުޅަށް 18 އަހަރު ފުރުނުކަން ފާހަގަކޮށް މަދޫރީވަނީ އުފާވެރި އުފަންދުވަހަކަށް އެދި ލޯބި ޕޯސްޓެއް މީގެކުރިން ކޮށްފައެވެ.
މަދޫރީ އެންމެ ފަހުން ޓީވީން ފެނިގެން ގޮސްފައިވަނީ ރިއޭލިޓީ ޑާންސް ޝޯ ''ޑާންސް ދީވާނޭ 3'' އިންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް