ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ އުނގޫފާރު މަގުހެދުމުގެ މުޅި މަޝްރޫއުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަގުތަކުއި ތާރުއެޅުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.