އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ ސުޕަމާޓުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ރޯދައަށް ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް ގެނެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 9.50 ރުފިޔާއަށެވެ. އަލުވި ކިލޯއެއް ނުވަ ރުފިޔާއަށް، އަދި ބިހެއް ވިއްކަމުން އަންނަނީ 1.40 ރުފިޔާ އަށެވެ.

ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަން ހަމަޖެހިފައިވަނީ 200 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 185 ރުފިޔާއަށް އަދި ބިސް ކޭހެއް ވިއްކަން ނިންމާފައިވަނީ 265 ރުފިޔާ އަށެވެ.