ކޮވިޑްގެ ހަތް ކޭސް ފެނި ބްރިސްބަން ލޮކްޑައުން ކުރަން ނިންމައިފިއެވެ.
އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ސިޓީ ބްރިސްބަން ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.
ދެމިލިއަން މީހުންގެ އާބާދީއެއް އޮންނަ ބްރިސްބަން އިން އާންމުންގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ކޭހެއް ފެނުމާއެކު އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ.
ބްރިސްބަން ގައި ވައިރަސް ފެތުރެން ފެށި ގޮތް ހޯދުމަށް ތަހުގީގު ފައްޓާފައިވާއިރު ބޮޑަށް ބެލެވެނީ ދެހަފުތާ ކުރީން އެސިޓީގެ ހޮސްޕިޓަލަކުން ފެނުނު ކޭހަކާ ގުޅިފައިވާ ކޭހެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
ލޮކްޑައުން ކުރާނެ ކަން އިއުލާން ކުރުމާއެކު އެސިޓީގެ ގިނަ ބަޔަކު ވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ސާމާނު ހޯދުމަށް އަވަސްވެގަނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ