ޕޮލިސް

އޭސީޕީ އަަކަށް ހުންނެވި އަލީ ރަޝީދު ޑީސީޕީގެ މަގާމަށް އައްޔަންކޮށްފި

އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި އަލީ ރަޝީދު ޑެޕިއުޓީ ކޮމިޝަނަރު (ޑީސީޕީ)ގެ މަގާމަށް އައްޔަންކޮށްފި އެވެ.

އޭނާ އެ މަގާމަށް ހަމަޖައްސައި، މަގާމުގެ ލިޔުން ހަވާލުކުރީ މިދިޔަ ހުކުރު ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މެލޭޝިޔާ އިން ޝަރީއާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި އަލީ ރަޝީދު މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދުމަތް ކުރައްވާތާ 25 އަހަރު ވެއްޖެ އެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ވެރިޔާގެ ގޮތުގަ އެވެ. އަދި ރިސޯސަސް މެނޭޖްމަންޓުގެ ކަންތައްތައް ވެސް ބަލަހައްޓަވަމުން ގެންދަވަނީ އޭނާ އެވެ.

އަލީ ރަޝީދުގެ އިތުރުން ޑީސީޕީގެ މަގާމުގައި ދެން ހުންނެވީ އަބްދުލް މަންނާން ޔޫސުފެވެ.