ޅ. ހިންނަވަރުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހިންނަވަރު ހެލްތު ސެންޓަރުގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެރަށުން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމީހާ އަކީ ބަލިވެގެން ޑޮކްޓަރަށް ދައްކަން އައި މީހެއް ކަމަށާއި އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެން ޓެސްޓު ކުރި ކަމަށެެވެ. އަދި އެމީހާ ޕޮޒިޓިވްވެފައިވާ ކަން މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހާއަކީ ފެލިވަރު ކްލަސްޓާއާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ބަލީގެ އަލާމާތް ހުރި މީހަކު ޕޮޒިޓިވް ވެފައިވާތީ ހިންނަވަރު މިހާރު މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

ހިންނަވަރު މޮނިޓަރިންއަށް ލާފައިވާ އިރު، އެ އަތޮޅު ނައިފަރާއި ފެލިވަރުވެސް އޮތީ މޮނިޓަރިންގަ އެވެ. ފެލިވަރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.