66 ވަނަ ވިމަލް އެލައިޗީ ފިލްމްފެއާ އެވޯޑްސް 2021 ގައި ތާޕްސީ ޕަންނޫ އަށް ބޮޑު ކާމިޔާބެއް ލިބިއްޖެ އެވެ.

ފިލްމް ''ތައްޕަޅް'' އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިގެންގޮސްފައިވާއިރު އެ ފިލްމުން ތާޕްސީ ޕަންނޫއަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިފައެވެ.

މި ފިލްމަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި، ބެސްޓް ސްޓޯރީ، ބެސްޓް ސައުންޑް ޑިޒަައިން، ބެސްޓް އެޑިޓިންގް، ބެސްޓް ބެކްގްރައުންޑް ސްކޯރ ވަނީ ލިބިފައެވެ. މީގެ އިތުރުން ބެސްޓް ޕްލޭބެކް ސިންގަރ، (ފިރިހެން) ލިބިފައިވަނީ މިފިލްމުގެ ''އެކް ތުކްޅާ ދޫޕް'' ލަވަ ކިޔައިގެން ރާގަވް ޗައިތަންޔާ އަށެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑް، މިހާރު ދުނިޔެ ދޫކޮށްފައިވާ އިރްފާން ހާން އޭނާގެ އެންމެ ފަހުގެ ފިލްމު އަންގްރޭޒީ މީޑިއަމް ގައި ދައްކައިދީފައިވާ މޮޅު އެކްޓިންއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން އިރްފާން އަށް ވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑްވެސް ލިބިފައެވެ.

އެވޯޑް ލިބޭ ފަރާތްތައް އިއުލާންކޮށްފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމްގައެވެ. މި އެވޯޑް ހަފުލާ ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 11 ގައެވެ.

އިއްޔެގެ އެވޯޑާއެކު ކޮރިއޮގްރަފަރު ފަރާ ހާންއަށް މިވަނީ މިހާތަނަށް 7 ވަނަ ފިލްމްފެއާ އެވޯޑް ލިބިފަފައެވެ. މި އެވޯޑް ފަރާއަށް ލިބިފައިވަނީ ސުޝާންތު ސިންގް ރާޖްޕުތު ދުނިޔެ ދޫކުރުމުގެ ކުރިން ކުޅެފައިވާ އެންމެ ފަހުގެ ފިލްމް ''ދިލް ބޭޗާރާ'' އިންނެވެ.

2020 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ޕެންޑެމިކްގެ ސަބަބުން، އިންޑަސްޓްރީއަށް ލޮޅުން އަރުވައިލި އަހަރަކަށް ވީ ނަމަވެސް، ރަނގަޅު ހުށަހެޅުންތަކެއް ބެލުންތެރިންނާ ހިސާބަށް ގެނައުމުގައި ހިންދީ ސިނަމާ ފަހަތަށް ޖެހިފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.

66 ވަނަ ފިލްފެއާ އެވޯޑް ޝޯ ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ އެޕްރިލް 11 ވަނަ ދުވަހު ކަލާސް ޓީވީންނެވެ.

ތިރީގައި މިބަލައިލަނީ ނޮމިނޭޓް ވެ އެވޯޑް ލިިބުނު ބައެއް ކެޓެގަރީތަކަށެވެ.

ވާދަކުރި ފިލްމުތައް:

1. ގުލާބޯ ސިތާބޯ

2. ގުންޖަން ސަކްސޭނާ: ދަ ކާގިލް ގަރލް

3. ލޫޑޯ

4. ތާނާ ޖީ: ދި އަންސަންގް ވޮރިއަރ

5. ތައްޕަޅް

ވާދަކުރި ޑައިރެކްޓަރުން:

1.އަނުރާގް ބާސޫ (ފިލް ލޫޑޯ)

2. އަނުބާވް ސުޝީލާ ސިންހާ (ތައްޕަޅް)

3. އޯމް ރައުތު (ތާނާ ޖީ: ދި އަންސަންގް ވޮރިއަރ)

4. ޝަރަން ޝަރްމާ (ގުންޖަން ސަކްސޭނާ: ދަ ކާގިލް ގަރލް)

5. ޝޫޖިތު ސިރްކާރް(ގުލާބޯ ސިތާބޯ) އެވެ.

ވާދަކުރި ފަރާތްތައް:

1. އަޖޭ ދޭވްގަން (ތާނާ ޖީ: ދި އަންސަންގް ވޮރިއަރ)

2. އަމިތާބް ބަޗަން (ގުލާބޯ ސިތާބޯ)

3. އަޔުޝްމަން ކުރާނާ (ޝުބް މަންގަލް ޒްޔާދާ ސަވްދާން)

4. އިރްފާން ހާން (އަންގްރޭޒީ މީޑިއަމް)

5. ރާޖްކުމާރް ރާއޯ (ލޫޑޯ)

6. ސުޝާންތް ސިންގް ރާޖްޕުތު (ދިލް ބެޗާރާ)

ވާދަކުރި ފަރާތްތައް:

1. ދީޕިކާ ޕަދުކޯން (ޗަޕާކް)

2. ޖާންވީ ކަޕޫރ (ގުންޖަން ސަކްސޭނާ: ދަ ކާގިލް ގަރލް)

3. ކަންގަނާ ރަނޯތު (ޕަންގާ)

4. ތާޕްސީ ޕަންނޫ (ތައްޕަޅް)

5. ވިދްޔާ ބާލަން (ޝަކުންތަލާ ދޭވީ)

ވާދަކުރި ފަރާތްތައް:

1. ދީޕަކް ޑޮބްރިޔަލް (އަންގްރޭޒީ މީޑިއަމް)

2. ގުޖްރާޖް ރާއޯ (ޝުބް މަންގަލް ޒްޔާދާ ސަވްދާން)

3. ކުމުދް މިޝްރާ (ތައްޕަޅް)

4. ޕަންކަޖް ތްރިޕަތީ (ގުންޖަން ސަކްސޭނާ އަދި ލޫޑޯ އިން)

5. ސައިފް އަލީ ހާން (ތާނާޖީ: ދި އަންސަންގް ވޮރިއަރ)

ވާދަކުރި ފަރާތްތައް:

1. ފަރޫޚް ޖައުފަރް (ގުލާބޯ ސިތާބޯ)

2. މާންވީ ގަގްރޫ (ޝުބް މަންގަލް ޒްޔާދާ ސަވްދާން)

3. ނީނާ ގުޕްތާ (ޝުބް މަންގަލް ޒްޔާދާ ސަވްދާން)

4. ރިޗާ ޗައްދާ (ޕަންގާ)

5. ތާންވީ އާޒްމީ (ތައްޕަޅް)

ވާދަކުރި ފަރާތްތައް:

1. ޕްރަތީކް ވެޓްސްގެ އީބް އެލޭ އޫ

2. ޝޫޖިތް ސިރްކާރްގެ ގުލާބޯ ސިތާބޯ

3. ހަރްދިކް މެހެތާގެ ކާމިޔާބް

4. ރާޖެޝް ކްރިޝްނާންގެ ލޫޓް ކޭސް

5. އަނުބާވް ސުޝިލާ ސިނާގެ ތައްޕަޅް

ވާދަކުރި ފަރާތްތައް:

1. އަމީތާބް ބަޗަން (ގުލާބޯ ސިތާބޯ)

2. މިހާރު ދުނިޔެ ދޫކޮށްފައިވާ އިރްފާން ހާން (އަންގްރޭޒީ މީޑިއަމް)

3. ރާޖްކުމާރް ރާއޯ (ލޫޑޯ)

4. ސަންޖޭ މިޝްރާ (ކާމިޔާބް)

5. ޝާރްދުލް ބަރްދްވާޖް (އީބް އެލޭ އޫ)

ވާދަކުރި ފަރާތްތައް:

1. ބޫމީ ޕެޑްނޭކަރް (ޑޮލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ)

2. ކޮންކަނާ ސެން ޝަރްމާ (ޑޮލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ)

3. ސާންޔާ މަލްހޯތްރާ (ލޫޑޯ)

4. ތާޕްސީ ޕަންނޫ (ތައްޕަޅް)

5. ޓިއްލަތޮމާ ޝޯމޭ (ސަރ)

6. ވިދްޔާ ބާލަން (ޝަކުންތަލާ ދޭވީ)

މީގެ އިތުރުންވެސް، އެކިއެކި އެވޯޑްތައް ހައްގުވާ ފަރާތްތައް ވަނީ އިއުލާންކޮށްފައެވެ.