ކުޑަކުދިންނަށް ވެކްސިން ދިނުމަށް ފައިޒާއިން ޓެސްޓުތައް ފަށަައިފިއެވެ.

ކޮވިޑަށް ހާއްސަކޮށްގެން އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ފައިޒާއިން އުފައްދާފައިވާ ކޮވިޑް ވެކްސިން ދިނުމަށް ޓެސްޓުކުރަމުން އަންނަނީ ރަނގަޅު ސިއްހަތުގެ އުމުރުން ހަ މަހާއި 11 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.

ފައިޒާއިން ފަށާފައިވާ ކްލިނިކަލް ޓެސްޓުތަކުން ފާސްވުމާއެކު އެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ހުއްދަ ލިބިގެން ދިއުމަކީ ކޮވިޑާ ދެކޮޅަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.

ފައިޒާއިން ޓެސްޓުތަކުގައި ބައިވެރިވާ ބައެއް ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ އިރު، ފުރަތަަމަ ބުރުގައި 144 ކުދިންގެ މެދުގައި ޓެސްޓުތައް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ފުރަތަމަ ބުރުގައި ތިން ބަޔަކަށް ބަހާލައިގެން ޓެސްޓުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވެއެވެ. އެގޮތުން ހަ މަހާއި ދެ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ އިތުރުން ދެ އަހަރާއި ފަސް އަހަރާއި އަދި އޭގެ ފަހުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ޓެސްޓުތަކުގައި ބައިވެރިކުރުމަށް ވަނީ ނިންމައިފައެވެ.

ފައިޒާގެ ދިރާސާ ކުރާ ޓީމުން ބުނީ ވެކްސިން ދިނުމަށްފަހު އަންނަ ބަދަލުތަކަށް ބަލައި ޓެސްޓުގެ ދެވަނަ މަރުހަލާއަކަށް ދާނެ ކަމަށެވެ.