އައްޑޫގައި އަންނައުނު ފެކްޓަރީއެއް ގާއިމުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި އަންނައުނު ކާރުހާނާއެއް ގާއިމުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

[އައްޑޫ ސިޓީގައި އަންނައުނު ފެކްޓަރީއެއް ގާއިމުކުރުމަށް ހިޔާލު ހޯދުމުގެ ސާވޭ ފޯމު](https://docs.google.com/forms/d/e/1FAIpQLScmOPYulJkfTBsAUYXn_EwxGr5MRlYN7uk1ig0_enhM4zIkmA/viewform)

އައްޑޫ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން އެ ސާވޭގައި ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށުމަށް ހަމަޖެހިފައިވާ އިރު، ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފެށިފަ އެވެ.