ގިނަ އަދަދެއްގެ ޑީސަލް ބަރުކޮށްގެން މާލެއިން ހއ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުންް ބުނީ 50 ޓަނުގެ ޑީސަލް ހިފައިގެން މާލެއިން ހއ. އަތޮޅަށް ދަތުރު ކުރި "ސްނޯ" ނަމަކަށް ކިޔާ ދޯންޏެއް ށ. ކީކިމިނި ކައިރިން ބޮލިސްތާ ފަރަށް އަރައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާގެ ރިޕޯޓު ރޭ ދަންވަރު 3:09 ގައި ލިބުނު ކަމަށާއި ދޯނި ފަރަށް އެރި އިރު ދެ ބިދޭސީންނާއި ދިވެއްސަކު ހުރި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ޑީސަލް ވެސް ކަނޑަށް ބޭރުވެފައި ނުވާ ކަމަށާއި ޑީސަލްތައް ހުރީ ފީފާ ތަކުގައި ރައްކާކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު