އިންޑިއާގެ ކޮވިޑް ކޭސްތަކުގެ އަދަދު ނުރައްކާ މިންވަރަކަށް އިތުރުވާން ފަށައިފިއެވެ.
އިންޑިއާ އަކީ ދުނިޔެއިން ކޮވިޑް އެންމެ ގިނައިން ޖެހުނު ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައިވާ ގައުމެވެ.
މިދިޔަ ހަފުތާގައި އެކަނިވެސް އިންޑިއާގައި 260،000 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވެއެވެ. މިއީ ބަލިމަޑުކަން ފެށުނު ފަހުން އެގައުމުން އެންމެ ގިނަ ކޭސް ފެނިފައިވާ ކަމަށް ރެކޯޑް ކުރި ހަފުތާއެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ މަހާރާޝްތަރާ ސްޓޭޓުން މިހާތަނަށް ވަނީ އެގައުމުން ފެނިފައިވާ ކޭސްތަކުގެ 70 އިންސައްތަ ކޭސް ފެނިފައެެވެ.
އިންޑިއާއިން ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް އުވާލައި ލުއިދީފައިވާއިރު ކޭސްތަކުގެ ނިސްބަތް އިތުރުވެފައިވަނީ އެކަމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
މިހާތަނަށް އިންޑިއާއިން ޖުމުލަ 11 މިިލިއަނަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައިވާއިރު އެގައުމުން 160،000 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ