މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސްގެ ގޮތުގައި އެއްމަހުގެ މުސާރަ ދޭން ނިންމައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏެއް ކަމަށްވާ އާރްސީސީ އިން ބުނީ ކޮވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެ އާއި ރާއްޖެއަށް ކުރިމަތިވި އިގްތިސޯދީ ގޮންޖެހުމުގައި އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވި ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ ހިތްވަރުގެ އަގުވަޒަން ކުރުމަށްޓަކައި އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމާފައިވާ ކަމަށެވެ.
ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަސްދުވަހުގެ މުސާރަ ދޭން ނިންމާފައިވަނީ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް ރައުސްމާލް ކަމަށް ވާތީ ކަމަށެވެ. މުވައްޒަފުންނަށް އެއް މަހުގެ މުސާރަ ބޯނަސްގެ ގޮތުގައި ދެއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި މުވައްޒަފުންގެ ކަންކަމުގައި އާރްސީސީން އަބަދުވެސް ނަމޫނާ ދައްކާނެ ކަމަށް ނާޒިމްގެ ޓުވީޓުގައި ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު