އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރި ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ މި އާ ސެކްޝަންގައި ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކާ، ކޮފީ މޭކާ، ޕޮކެޓް ރޭޑިއޯ، އިސްތިރި ފަދަ އެތައް އައިޓަމެއް ހިމަނާފައިވާނެ ކަމަށެވެ. ނަން މަޝްހޫރު ބްރޭންޑުތަކުގެ މި ޕްރޮޑަކްޓު ތަކަކީ އިތުބާރު ހިފޭ މާޗަންޓުން ޕްލެޓްފޯމްގައި ފީޗާ ކުރާ ޕްރޮޑަކްޓުތަކެވެ.

އަދި ކުރިއަށް އޮތްތަނުގައި ގިނަ މާޗަންޓުންނާއެކު އިތުރު ޕްރޮޑަކްޓުތައް ވެސް މޫލީން ފެނިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރި ކޮށްލުމަށް އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރާށެވެ. ޝޮޕުން ރޯދަ އެސެންޝިއަލްސް ނުވަތަ ބޭނުންވާ ކެޓެގަރީއަކަށް ގޮސް، ބޭނުންވާ އައިޓަމެއް ހިޔާރުކުރުމަށްފަހު އެޑް ޓު ކާޓް އަށް ލާށެވެ. ވިޔަފާރިކޮށް ނިމުމުން ކާޓަށް ގޮސް ޗެކްއައުޓް ކުރުމަށްފަހު، ތަކެތި ޑެލިވަރީ ކުރަން ބޭނުންވާ އެޑްރެސް، އެކަމަށް ހާއްސަ ތަނުގައި ޖަހާށެވެ. އަދި އޯޑާ ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމް ކޮށްލާށެވެ.

އުރީދޫން ބުނީ، ގައިދުރުކަން ބަހައްޓަން ޖެހި ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރި ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކަސްޓަމަރުންނަށް ލިބޭނެ ލުޔެއް ކަމަށެވެ. އަދި މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތް ކުރަމުންދަނީ ޑެލިވަރީ ޓީމު އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ވެސް އުރީދޫން ބުންޏެވެ.

ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މޫލީ މެދުވެރިކޮށް ރޯދައަށް ތައްޔާރުވުމަށް ބޭނުންވާ ތަކެތި ގަނެވޭނެ އެވެ.