ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.
އެކަމާ ގުޅިގެން ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންނަ އަންގާރަ ދުވަހު އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ކެމްޕެއިނަށް ސަރުކާރުން ހުރަސް އެޅުމަށް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ފެތުރުމަށް، އަބުރު ކަތިލުމަށް، ސަރުކާރުން އަންގައިގެން 23 މާޗުގައި އޭސީސީއަށް ހާޒިރު ކުރަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މި ސަރުކާރުގައި އޭސީސީއަށް ހާޒިރުކޮށްފައިވާ މުއިއްޒު ވިދާޅުވީ، މިފަހަރު ވެސް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބުދާރީ ވާނެ ކަމަށެވެ.
އެހެންނަމަވެސް މިފަހަރު ޑރ. މުއިއްޒު، އޭސީސީއަށް ހާޒިރު ކުރާ ސަބަބު އަދި ވަނީ އޮޅުންފިލާގޮތް ނުވެފަ އެވެ.
މީގެ ކުރިން އޭނާ އޭސީސީއަށް ހާޒިރުކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުއިއްޒު ހުންނަވައިި ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ ހައުސިން ޔުނިޓުތަކުގެ މައްސަލައިގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު