ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށި ސިޓީއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޭނާ މިރޭ ވިދާޅުވީ އެ މީހާ ސާމްޕަލް ނަގާފައިވަނީ މާލެ އިން ފުރުމުގެ ކުރިން ކަމަށާއި ނަތީޖާ ލިބިފައިވަނީ މިއަދު އޭނާ އެ ސިޓީއަށް ދިޔަ ފަހުން ކަމަށެވެ. އަދި ނަތީޖާ ލިބުމުން އެ މީހާ މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ހަސަން އިތުރަށް ވިދާޅުވީ ޕޮޒިޓިވްވި މީހާ އެއްވެސް މީހަކާ ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު