އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 25 މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.
ރާއްޖެ އަޅުވެތިކުރުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅުން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު ހިމެނިވަޑައިގަންނަވަ އެވެ.
އިދިކޮޅުން އަންނަނީ ކޮންމެ ހުކުރު ދުވަހަކު ވެސް މާލޭގައި މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން ޕީޕީއެމް އޮފީސް ކުރިމަައްޗާއި މުޒާހަރާގެ ބައިވެރިން އެއްވާ ތަންތަނުގައި ފުލުހުން ފޯރި ވެސް މަރަ އެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން މާލޭގެ މަގުތަކަށް ނުކުމެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ، އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތައް ބޭއްވުމާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި އެކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެއާއެކު އިދިކޮޅުގެ މުޒާހަރާތަކުން މިފަހުން ހައްޔަރު ކުރި އެންމެން ވެސް ޖޫރިމަނާ ކުރުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު