އެލީ ފުރަތަމަ ފަހަރަށް ހިންދީ ލަވައެއް ރެކޯޑް ކޮށްފިއެވެ. ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދް އަލީ އާއެކު ރެކޯޑް ކޮށްފައިވާ ލަވަ ''ޖީނޭ ކީ ވަޖާ'' މިއަދު ރިލީސްކުރަން ނިންމާފައިވާކަން އާންމުކުރައްވައި އެލީގެ ބައްޕަ، ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ އިއްޔެ ޓުވީޓެއް ކުރައްވާފައެވެ.
ޒީމިޔުޒިކް ކޮމްޕެނީގެ ރަސްމީ ޓުވީޓްވެސް ރީޓުވީޓް ކުރައްވައި މި ވާހަކަ ހިއްސާކުރައްވަމުން މަހްލޫފްގެ ޓުވީޓްގައި އިތުރަށް ވިދާޅުވީ، އެލީ ގެ އުމުރުން އެންމެ ތިން އަހަރުގައި ހިންދީ ބަހުން ވާހަކަ ދައްކަން ދަސްކޮށްފައިވާ ކަމަށާއި ހިންދީ ލަވަޔާއި ފިލްމަށް ވަރަށް ޝައުގު ހުންނަ ކަމަށެވެ.
ޒީ މިޔުޒިކް ކޮމްޕެނީގެ ޓުވިޓަރ ހޭންޑްލް އިން ވަނީ ޖާވިދް އަލީ އާއި އެލީ ރެކޯޑްކޮށް، ކުޅެފައިވާ ލަވަ މިއަދު ރިލީސްކުރާނެކަން އާންމުކޮށް، ޖާވިދުއާއެކު އެލީ ފެނިގެންދާ ލަވައިގެ ޕްރިވިއުއެއް ހިމަނައިފައެވެ.
ޖާވިދް އަލީގެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި، 2012ވަނަ އަހަރު ނުކުތް ރޮކްސްޓާ އަށް ކިޔާދީފައިވާ ''ކުން ފަޔަކޫން'' ގެ އިތުރުން ދެއްލީ-ޗޭ، އިޝްގްޒާދޭ، އަދި ޖޯދާ އަކްބަރް ގެ ލަވަތަކަށް އެތައް އެވޯޑެއް ލިބިފައިވެއެވެ.
އުމުރުން އެންމެ 8 އަހަރުގެ ލައިބާ އަހްމަދު މަހްލޫފް ނުވަތަ އެންމެން ދަންނަ ނަމުން ނަމަ، އެލީ އަކީވެސް މިފަހަކަށް އައިސް އެތައް ގޮތަކުން ފާހަގަކޮށްލެވޭ، އަރަމުން އަންނަ ތަރިއެކެވެ.
އެލީ ފާހަގަކޮށްލެވިގެން ދިޔައީ ނަސްރުގެ ދުވަހާ ދިމާކޮށް ރިލީސް ކުރި ލަވަ ''ކިޔާދޫތަކުންވީ ޝުކުރުވެރި ތަރާނާ'' އިން އަދި އެންމެފަހުން އޭނާގެ 8ވަނަ އުފަންދުވަހާ ދިމާކޮށް މާޗް 3 ގައި ރިލީސްކުރި ލަވައިންނެވެ. އެލަވަ އަކީ ބުލީކުރުމާ ދެކޮޅަށް މޯލްޑިވިއަން އައިޑޮލްއިން ތައާރަފުވި ހަމޫދުއާ އެކު ރެކޯޑްކޮށް ބެލުންތެރިންނަށް ދޫކޮށްލި ވީޑިއޯ ލަވައެކެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް