ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ބަންގްލަދޭޝް އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާ ބައްދަލު ކުރައްވައިފި އެވެ.
މިއަދު ހެނދުނު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުމާ ގުޅޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދާއި ދައުލަތުގެ އިސް ބައެއް ވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގްލަދޭޝަށް މިނިވަންކަން ލިބިދިން އެގައުމުގެ މިނިވަންކަމަށްޓަކައި 1971 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ދުނިޔެ ދޫކުރި ސިފައިންގެ ހަނދާނުގައި ގާއިމްކޮށްފައިވާ މަގުބަރާ ކަމުގައިވާ ނޭޝަނަލް މާޓިއާޒް މެމޯރިއަލަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ރައީސް ސޯލިހް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު