ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަން ތަނުގެ ތެރެއިން ފަސް ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ފަސް ރިސޯޓެއްގައި މީހުން ރެޖިސްޓްރީ ވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ފަސް ރިސޯޓުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ.

  • ވޯޓު ފޮށި ނުބަހައްޓަން ނިންމި ފަސް ރިސޯޓު
  • ބ. ކިހާދުއްފަރު
  • ޅ. މަދިގުރައިދޫ
  • ރ. ކޮއްޓެފަރު
  • އދ.ތެލުވެލިގާ
  • ދ. ދޫރެސް

އެހެންކަމުން އެ ފަސް ރިސޯޓަށް ވޯޓުލުމަށް ރެޖިސްޓްރީ ކުރި ފަރާތްތަކަށް އެހެން ތަނަކަށް ރީ ރެޖިސްޓްރީ ވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފުރުސަތު ދީފަ އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 8000 މީހަކަށް އަލުން ރީ ރެޖިސްޓްރީ ވުމަށްއިލެކްޝަން ކޮމިޝަނުން ވަނީ ފުރުސަތު ދީފަ އެވެ.

ރީ ރެޖިސްޓްރީ ވުމަށް 8000 މީހަކަށް އަލުން ފުރުސަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ، އެ މީހުން ރީ ރެޖިސްޓާރ ވެފައިވާ ފޮއްޓަށް އެ ދާއިރާގެ އެހެން މީހަކު ވޯޓު ލުމަށް ރެޖިސްޓާ ވެފައި ނުވާތީ އެވެ. އެއީ ދާއިރާއެއް ގެ އަކަކު އެއް ވޯޓު ފޮއްޓަށް ވޯޓުލުމުން އޭނާ ވޯޓިލީީ ގޮތް އެންމެނަށް އެނގޭނެތީ އެވެ.