ތިރީސް ހަތަރު ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މަސައްކަތްތައް ހަވާލުކުރި ވިޝްވަރާޖް އެންވަޔަރަމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރެސިޑެންޓް ކޯޕަރޭޓް އޮފިސަރު މަހޭޝް ޓާކުރެވެ. ޖޭއެމްސީ ޕްރޮޖެކްޓްސް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސްގެ ވައިސް ޕްރެސިޑެންޓް ޝިވޭންދްރަ ކްމާރް ޖާއެވެ. އެސްއެމްސީ އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސުހާސް ނާރާޔަން މެހެތާއެވެ. އަދި ޓްރެވެނި އިންޖިނިއަރިން އެންޑް އިންޑަސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޑިޝަނަލް ޖެނެރަލް މެނޭޖަރު އޭޑީ ގުޕްތާއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުތަކުގެ އަގަކީ 1.6 ބިލިއަން ރުފިޔާ ކަމަށާއި މި 34 ރަށުގައި ހިންގާ މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށެވެ.

  • - ހއ. ކެލާގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ހއ. ބާރަށުގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ހއ. ވައިކަރަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ށ. ފުނަދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ށ. ޅައިމަގުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ނ. މަނަދޫގައި ފެނުގެ ނިޒާމް ގާއިމުކުަނެރުން
  • ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ކ. ގާފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ކ. ކާށިދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • އއ. މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • އދ. ދިގުރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ވ. ފެލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ތ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • މ. މަޑުއްވަރީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • މ. މުލީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ފ. ދަރަނބަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ދ. މީދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ތ. ހިރިލަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ލ. ގަމުގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ލ. އިސްދޫ އަދި ކަލައިދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ލ. މާމެންދުގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ލ. މާބައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ގއ. ދާންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގއ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ގާއިމުކުރުން
  • ގދ. ފަރެސްމާތޮޑާގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ގދ. ހޯޑެއްދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުން
  • ސާވޭ ކުރުން
  • އީއައިއޭ މަސައްކަތް
  • ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުން
  • ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން
  • އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން
  • ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުން
  • ސީ އައުޓް ފޯލް އެޅުން
  • ބްރައިން އައުޓް ފޯލް އެޅުން
  • އިދާރީ އޮފީސް ގާއިމުކުރުން
  • ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން