ހޯމް ކަރަންޓީނުގައި ހުރި މީހަކާ ކޮންޓެކްޓްވި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އއ. ތޮއްޑޫ މޮނިޓަރިން އަށް ލައިފި އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ވަން"އަށް މިއަދު ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދި އިރު އޭނާގެ ގޭގައި ދިރިއުޅޭ ބަޔަކާ ކޮންޓެކްޓް ވެފައިވާތީ އެމީހުން ބައްޔަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ތަސްލީމާ ވިދާޅުވީ ފަހުން ޕޮޒިޓިވް ވި މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށާއި އެހެން ކަމުން ކޮންޓެކްޓް ޓްރޭސިން ހަދައި މި ކޭސް އިންވެސްޓްކޮށް ނިމެންދެން ތޮއްޑޫއަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
ވަން އަށް އެނގިފައިވާ ގޮތިގައި ތޮއްޑޫން ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވް ވި މީހާގެ އިތުރުން އިތުރު ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
މީގެ ކުރިން ތޮއްޑޫން މާލެ އައި މީހަކު ޕޮޒިޓިވް ވެ އެ ރަށް މޮނިޓަރިން އަށް ލި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު