ކޮވިޑުގެ ބަލިމަޑުކަން ފެށުނު ފަހުން ބްރެޒިލް އިން ހަތަރުވަނަ ފަހަރަށް ހެލްތު މިނިސްޓަރު ބަދަލުކުރަން ނިންމައިފިއެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ އިއްޔެގެ ވަގުތެއްގައި އެގައުމަަށް އަަލަށް އައްޔަން ކުރުމަށް ހަމަޖެހިފައިވާ ހެލްތު މިނިސްޓަރުގެ މައުލޫމާތު އާންމު ކުރައްވައިފައެވެ.

ބަލިމަޑުކަމުގެ ފަހުން ހަތަރުވަނަ އަށް ހެލްތު މިނިސްޓަރުކަން ދިނުމަށް ހަމަޖައްސާފައިވަނީ އެގައުމުގެ ކާޑިއޮލޮޖިސްޓެއް ކަމަށްވާ މާސެލޯ ކުއިރޯގާ އެވެ. މިހާރުގެ ހެލްތު މިނިސްޓަރު ބަދަލުކޮށް މާސެލޯ އަށް މިނިސްޓްރީގެ ހިންގުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެހަފުތާއެއްހާ ދުވަސްތެރޭގައި ކަމަށް ރައީސް ޖައިރު ވިދާޅުވިއެވެ.

ބްރެޒިލުން ކޮވިޑްގެ ބަލިމަޑުކަމުގެ ކަންކަން ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް ދިމާވެ އެގައުމުގައި މަރުވި ގިނަ މީހުން މަރުވެފައިވަނީ ސިއްހީ ކަންކަން ބޮއްސުން ލުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.

ދުނިޔޭގެ ތިން ވަނައަށް ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ބްރެޒިލް އިން މިހާތަނަށް 11.5 މިލިއަން ކޭސް ފެނިފައިވާއިރު އެގައުމުން ވަނީ 278،000 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައެވެ.