އެޑްވަޓޯރިއަލް

އޮޑިވެރިންގެ ޒަމާންވީ އެކުވެރިޔާ: "އެމްޓީސީސީ ކަށަވަރު"

އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި، މުދާ އުފުލުމުގައި ބޭނުންކުރާ އޮޑިފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނދެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި، ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ޒަމާންވީ އެކުވެރިއެކެވެ.

ކަށަވަރު ޝޯރޫމް ވުޖޫދަށް އައުމުގެ ބިންގާއެޅުނީ 1980 ވަނަ އަހަރުއެވެ. އޭރު ސަރުކާރުން ހިންގަމުންދިޔަ "މޯލްޑިވްސް އިންޖީނު ސާވިސް ސެންޓަރު" އެމްޓީސީސީގެ ދަށަށް ގެނެސް "އެމްޓީސީސީ ސޭލްސް ސެންޓަރު"ގެ ނަމުގައި ހިންގަން ފެށުމާ އެކުއެވެ. އެންމެ ފުރަތަމަ މިތަނުން ދެމުންދިޔަ ހިދުމަތްތަކަކީ ދިވެހި މަސްވެރި އުޅަނދުފަހަރަށް ހާއްސަކޮށް ޔަންމާ އިންޖީނު ވިއްކުމާއި، އަޅައިދިނުން އަދި މަރާމާތު ކުރުމުގެ ހިދުމަތެވެ. 1994 ވަނަ އަހަރު އެމްޓީސީސީ ސޭލްސް ސެންޓަރުގެ ނަން "ޔަންމާ ސޭލްސް އެންޑް އާފްޓަރ ސޭލްސް" ގެ ނަމަށް ބަދަލުކުރެވުނެވެ. އަދި ޒަމާން ބަދަލު ވެ، ވިޔަފާރި ފުޅާވެ، އެމްޓީސީސީ ކަށަވަރުން ލިބޭ ބްރޭންޑްތަކާއި، ހިދުމަތްތައް އިތުރުވަމުންގޮސް، 2007 ވަނަ އަހަރު މިތަނުގެ ނަން "އެމްޓީސީސީ ކަށަވަރު" ގެ ނަމަށް ބަދަލުކުރިއެވެ. މިއަދު އެމްޓީސީސީ ކަށަވަރަކީ އޮނޑިދޯނިފަހަރަހަށް ދިމާވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަގީންކަމާއި އެކު އަތްފޯރާފަށުގައި ލިބޭ ތަނެކެވެ.

އެމްޓީސީސީ ކަށަވަރުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑުތަކެއްގެ ސާމާނު ރާއްޖޭގެ މާކެޓަށް ތައާރަފުކޮށް އަންނަނީ ވިއްކަމުންނެވެ. މިގޮތުން އައުޓްބޯޑު އަދި އިންބޯޑު އިންޖީނަށް ހާއްސަ ބައިނަލްއަގުވާމީ ބްރޭންޑުތައް ކަމަށްވާ ސުޒުކީ އަދި ޔަންމާ އިންޖީނު މިޝޯރޫމުން ލިބެން ހުރެއެވެ. އިންޖީނު އަދި ޖަނަރޭޓަރުތަކަށް ހާއްސަ އަޑީ ތެލުގެ ބާވަތްތައް އުފައްދާ ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގައި ކަށަވަރު ޝޯރޫމުން ވިއްކާ އެންމެ މަގުބޫލު އެއް ބްރޭންޑުވެސްމެއެވެ. މެރިން ދަވާދާއި އެންޓިފައުލިންގ އުފައްދާ ޕީޕީޖީ ބްރޭންޑުގެ އުފެއްދުންތަކާއި، ހުންގާނު ސިސްޓަމް އުފައްދާ މެރޯލް ބްރޭންޑާއި، އިންޖީނުތަކަށް ބޭނުންވާ ފިލްޓަރު އުފައްދާ ޑޮނަލްޑްސަން ބްރޭންޑުގެ ފިލްޓަރުވެސް އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. މީގެއިތުރުންވެސް އިންޑަސްޓްރިއަލް ގޭހުގެ ބާވަތްތަކުގެ ތެރެއިން އެސެޓްލިން، އޮކްސިޖަން، އާގަން އަދި ކާބަންޑައިއޮކްސައިޑް ވެސް ކަށަވަރުން ލިބެން ހުރެއެވެ. އޮޑިދޯނިފަހަރު ބަނމާއި މަރާމާތުކުރުމަށް ހާއްސަ ރެސިން، ޖެލްކޯޓް، ޕިގްމަންޓު، ފައިބަރ ގްލާސް މެޓްގެ އިތުރުން ފެން ޕަންޕް، ޖަނަރޭޓަރ، ލައިޓިން އަދި އެހެނިހެން އާލާތްތަކާއި ސާމާނު ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. އެހެންކަމުން މިއީ އޮޑިދޯނިފަހަރަށް ކުރިމަތިވާ ކޮންމެ މައްސަލައެއްގެ ހައްލު ޔަގީނުން ލިބޭ ތަނެކޭ ބުނެވިދާނެއެވެ.

މިދެންނެވުނު ބްރޭންޑުތަކުގެ ތެރެއިންވެސް އެމްޓީސީސީ ކަށަވަރު ކަސްޓަމަރުންގެ މެދުގައި އެންމެ ނަން މަގުބޫލު ބްރޭންޑުތައް ކަމަށްވާ ޔަންމާ، ސުޒުކީ، ކާސްޓްރޯލް އަދި ޕީޕީޖީ ގެ އިތުރު ތަފްސީލަށް ބަލާލާމާ ހިނގާށެވެ.

ޔަންމާ އިންޖީން

ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކަމުން އަންނަ ބައިންލްއަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ އިންޖީނެކެވެ. ޔަންމާ އިންޖީނަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އިންޖިނެވެ. ހާއްސަކޮށް މަސްވެރިންގެ މެދުގައި ޔަންމާ އިންޖީނުގެ މަގުބޫލުކަން އެހާމެ ބޮޑެވެ. އެހެން ދާއިރާތަކުގެ އޮޑިވެރިންގެ މެދުގައިވެސް މިއީ ނަން މަޝްހޫރު ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން ޔަންމާގެ އެކި ބާވަތުގެ އިންޖީނު ލިބެން ހުރެއެވެ. މިގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އާންމު ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި އަޅަން އެންމެ އެކަށީގެންވާ ޒާތުގެ 35 ހޯސް ޕަވަރުން ފެށިގެން 1200 ހޯސް ޕަވަރާ ހަމަޔަށް ޔަންމާ އިންޖީނު އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ޔަންމާ އިންޖީން ބައްލަވައިގަންނަވާ ފަރާތްތަކަށް ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ކުރިޔަށް ގެންދެއެވެ. މިގޮތުން ޔަންމާ އިންޖީނު 3 އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިފަސޭހަ ގޮތްތަކެއް އެމްޓީސީސީ ކަށަވަރުން މިހާރުވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

ސުޒުކީ މެރިން

2007 ވަނަ އަހަރު މޭ މަހުގެ 28 ވަނަދުވަހު ރާއްޖޭގެ ބަޒާރަށް ތައާރަފުކުރި ސުޒުކީ އައުޓްބޯޑް އިންޖީނަކީ ޖަޕާނުގެ މަގުބޫލު އުފެއްދުމެކެވެ. މި އިންޖީނުތަކަކީ ދުވެލި ބާރު، ތެޔޮ ހަރަދު ކުޑަ އަދި ގިޔަރު ވަރުގަދަ އިންޖީނުތަކެކެވެ. ބައިނަލްއަގުވާމީ އެތައް އެވޯޑެއް ހޯދާފައިވާ މި އިންޖީނުގެ 2.5 ހޯސްޕަވަރ އާއި 325 ހޯސް ޕަވަރއާއި ދެމެދުގެ އިންޖީނުތައް އެމްޓީސީސީ ކަށަވަރުން ލިބެން ހުރެއެވެ. މިއީ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައާއި، މަސްވެރިކަން ނުވަތަ އަމިއްލަ ބޭނުމަށް ގެންގުޅޭ ކަނޑުދަތުރުކުރާ ހައި ސްޕީޑް އުޅަނދުތަކުގައިވެސް އެޅުމަށް ދިވެހިންގެތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ އުފެއްދުމެކެވެ. އެމްޓީސީސީ ކަށަވަރުން ސުޒުކީ އިންޖީނު ބައްލަވައިގަންނަވާ ފަރާތްތަކަށްވެސް ހާއްސަ އެކި ޕްރޮމޯޝަންތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ. ކަސްޓަމަރުންނާއި އިންޖިނޭރުންނަށް އިންޖީނު ބަލަހައްޓާނެ ގޮތުގެ އަމަލީ ތަމްރީނު ދިނުމަކީވެސް މެދުކެނޑުމެއްނެތި އެމްޓީސީސީ ކަށަވަރުން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި މީގެއިތުރުން އެމްޓީސީސީ ކަށަވަރު ވިއްކާ ސުޒުކީ އިންޖީނުތަކަށް ވޮރަންޓީގެ އިތުރުން އާފްޓަރސޭލްސް ހިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އިންސްޓޯލްމަންޓަށް އިންޖީނު ނެގޭނެ ގޮތަތަކެއްވެސް ވަނީ ތައާރަފު ކޮށްފައެވެ.

ކާސްޓްރޯލް

އަޑީތެޔޮ އުފެއްދުމަށް ދުނިޔޭގެ އެންމެ މަޝްހޫރު ބީޕީ ކުންފުނީގެ ކާސްޓްރޯލް ބްރޭންޑްގެ އަޑީތެލަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަބަޔަކު އިތުބާރުކުރާ އެއް އަޑީތެލެވެ. ކާސްޓްރޯލަކީ 100 އަށް ވުރެ ގިނަ އަހަރުވީ ބްރޭންޑެކެވެ. 1994 ވަނައަހަރު އެމްޓީސީސީ ކަށަވަރުން ރާއްޖޭގެ ބާޒާރަށް ކާސްޓްރޯލް ތައާރަފުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކާސްޓްރޯލް ވެފައިވަނީ ދިވެހިންގެ މެދުގައި އިތުބާރު ލިބިފައިވާ ބްރޭންޑަކަށެވެ. ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި، ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ބޮޑެތިޖަނަރޭޓަރ އަދި އެއްގަމު އުޅަނދުފަހަރުގައި ވެސް ބޭނުންކުރަމުން އަންނަ އުފެއްދުންތަކެކެވެ. އިންޖީނުތަކަށް ކާސްޓްރޯލް އަޑީތެޔޮ ބޭނުންކުރުމުގެ ސަބަބުން އިންޖީނަށް ކުރާ ހަރަދު ކުޑަވެފައި އިންޖީނުގެ އުމުރު ދިގުކަން ފާހަގަކުރެވެއެވެ. އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ކާސްޓްރޯލްގެ އެކި ބާވަތްތަކުގެ އުފެއްދުންތައް ރަގަނޅު އަގުތަކުގައި އަންނަނީ ފޯރުކޮށްދެމުންނެވެ. މިއީ މިހާރު ރައްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އަޑީތެޔޮވެސް މެއެވެ. އެމްޓީސީސީ ކަށަވަރުން އަހަރެއްގެ މައްޗަށް 1 މިލިއަން ލީޓަރަށްވުރެ ގިނައިން ކާސްޓްރޯލް އަޑީތެޔޮ ރާއްޖޭގެ ބާޒާރަށް އަންނަނީ ސަޕްލައި ކުރަމުންނެވެ.

ޕީޕީޖީ

ޕީޕީޖީ އިންޑަސްޓްރިއަލް އަދި މެރިން ދާވާދާއި އެންޓިފޯލިންއަކީ 1990 ގެ އަހަރުތަކުން ފެށިގެން އެމްޓީސިސީ ކަށަވަރުން ފޯރުކޮށްދޭ ބްރޭންޑެކެވެ. މިއީ ގުދުރަރީ ގޮތުންނާއި، އެހެނިހެން ގޮތް ގޮތުން ދަގަނޑު ސްޓްރަކްޗަރ ތަކާއި، ދަގަނޑު ޓޭންކްތަކާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށް، މިފަދަ ތަކެތީގެ އުމުރު ދިގުކުރުމަށްޓަކައި ބޭނުންކުރާ ދަވާދާއި، އެހެނިހެން ކޯޓިންގްސް އުފައްދާ އެމެރިކާގެ ބްރޭންޑެކެވެ. އެމްޓީސީސީ ކަށަވަރުން މިބްރޭންޑުގެ އިންޑަސްޓްރިއަލް އަދި މެރިން ދަވާދާއި އެންޓިފޯލިންގް ގެ އެކި އުފެއްދުންތައް ލިބެން ހުރެއެވެ. މިގޮތުން ޕީޕީޖީގެ ކަނޑުދަތުރުފަތުރުކުރާ އުޅަނދަށް ހާއްސަ މެރިން އެންޓިފޯލިން، ޓޭންކް ކޯޓިން، އެކި ބާވަތުގެ ދަގަނޑު ސްރަކްޗަރތަކަށް ހާއްސަ އެންޓި ކޮރޮސިވް ނުވަތަ އުޅަނދު ހަލާކުވެގެން ދިއުން ލަސްކޮށްދޭ ކޯޓިން ލިބެން ހުރެއެވެ.

މީގެ އިތުރުންވެސް ގިނަ ބްރޭންޑުތަކުގެ ސާމާނު އެމްޓީސީސީ ކަށަވަރުން ޝޯވރޫމުން ލިބެން ހުރެއެވެ. އަދި އިންޖީން އެޅުމާއި، މިކަމާ ގުޅުން ހުރި ދާއިރާތަކަށް ހާއްސަ ގިނަ ހިދުމަތްތައްވެސް އެމްޓީސީސީ އާފްޓަރ ސޭލްސް ސެންޓަރުން ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. އާފްޓާ ސޭލް ސާރވިސްގެ ތެރޭގައި ހިމެނެނީ ޓެކްނިކަލް ކޮންސަލްޓޭޝަން ދިނުމާއި، އޮޑިދޯނިފަހަރުގައި އިންޖީނު އަޅައިދިނުމާއި، އިންޖީނުގެ މަރާމާތާއި، މެއިންޓެނެންސް މަސައްކަތްތަކެވެ.

އެމްޓީސީސީ ކަށަވަރުން ލިބޭ ހިދުމަތްތަކާއި، ތަކެތި ބޭނުންކުރާ ކަސްޓަމަރުންނަށް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ޕްރޮމޯޝަންތައް އަދި ހާއްސަ ސާވިސް ކެމްޕެއިންތައް ކުރިޔަށް ގެންދެއެވެ. ކަށަވަރުގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އާއި، ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގައި ބޭނުންކުރާ އޮޑިދޯނި ފަހަރަށް ބޭނުންވާ ކޮލިޓީ ރަނގަޅު އިތުބާރު ހިފޭ މުދަލާއި ހިދުމަތްތައް އަތްފޯރާ ފަށުގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މިތަނުން ވިއްކާ އިންޖީނާއި އެހެން އިކުއިޕްމަންޓު ހަރުކޮށްދީ މަރާމާތުކުރުމަށް ކަށަވަރުގެ ޓީމުތައް އަތޮޅުތަކަށް ޒިޔާރަތްކޮށް، އަންނަނީ ކަސްޓަމަރުންނާއި ގާތުން ހިދުމަތް ފޯރުކޮށްދެމުންނެވެ. ކަށަވަރު ޝޯރޫމްގައި މި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ކަމުގެ ފަންނީ ތަޖުރިބާ ލިބިފައިވާ، ހީވާގި އަދި ކަސްޓަމަރުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޓީމެކެވެ.

މުސްތަގުބަލުގައިވެސް އެމްޓީސީސީ ކަށަވަރުން މަސައްކަތް ކުރާނީ މިހާރު ލިބެން ހުރި ބްރޭންޑުތަކާއި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ހާއްސަ ބައިނަލްއަގުވާމީ ބްރޭންޑް އަދި ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށެވެ. އުޅަނދުފަހަރަށް ހާއްސަކޮށް ދުނިޔޭގައި ތައާރަފުކުރާ އައު އުފެއްދުންތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށެވެ. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުމެއްގެ ހައްލު ޔަގީންކޮށް އެއްފުރާޅެއްގެ ދަށުން ލިބޭނެ ތަނެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުމެވެ.