ފުޑް ކޯޓުގައި ކެފޭ ރެސްޓޯރަންޓް ހިންގުމަށް ތިން ޔުނިޓެއް ކުއްޔަށް ދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިއުލާން ކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ޔުނިޓުތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އަކަފޫޓެއް 39 ރުފިޔާގެ ރޭޓުން ކަމަށެވެ. ކުއްޔަށް ދޫކުރަނީ ދެވަނަ ޔުނިޓާއި 23 އަދި 26 ވަނަ ޔުނިޓު ކަމަށާއި މީގެ ތެރެއިން ދެވަނަ ޔުނިޓުގައި 960 އަކަފޫޓު ހުންނައިރު 23 ވަނަ ޔުނިޓުގައި 1660 އަކަ ފޫޓު އަދި 26 ވަނަ ޔުނިޓުގައި 1260 އަކަ ފޫޓު ހުންނާނެ ކަމަށް އެސްޓީއޯ އިިން ވަނީ ބުނެފަ އެވެ.
މިތަންތަން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅާން ޖެހެ އެވެ.
މި ޔުނިޓުތައް ކުއްޔަށް ނަގާ ފަރާތްތަކަށް އެ ޔުނިޓުތަކުގައި ބޭނުންކުރާ ފަރުނީޗަރުތައް ދޭނީ އެސްޓީއޯއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު