އައިލެންޑް ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އިން ފުރަތަމަ ފަހަރަށް ބްރޭންޑު އެމްބެސެޑަރުން އައްޔަންކޮށްފި އެވެ.
އައިބީއެމްގެ "ތާޒާ" ފެން ރާއްޖެއަށް މާކެޓް ކުރުމާއި ޕްރޮޑަކްޓު ތަމްސީލު ކުރުމަށް ބްރޭންޑު އެމްބެސެޑަރުންގެ ގޮތުގައި އައްޔަންކުރީ ރާއްޖޭގެ ތާރީހުގައި ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ފިލްމީ ތަރި ނާޝިދާ މުހައްމަދު (ނާއްކޮ) އެވެ.
އައިބީއެމުން ބުނީ، އެ ކުންފުނިން ބާއްވާ މާކެޓިން ހަފުލާތަކުގައި ބްރޭންޑު އެމްބެސެޑަރުން އަމަލީ ގޮތުން ހަރަކާތްތެރިވެ، އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް "ތާޒާ" ބްރޭންޑު މުޅި ރާއްޖެއަށް މާކެޓު ކޮށްދޭނެ ކަމަށެވެ.
އަދި ޕްރޮޑަކްޓާ ގުޅޭ މުހިންމު މައުލޫމާތު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ވެސް ބްރޭންޑު އެމްބެސެޑަރުން ހަރަކާތްތެރިވާނެ ކަމަށް އައިބީއެމުން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި