ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން ކެފޭ، ރެސްޓޯރަންޓުތަކަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތައް އަޅާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ ހަފުތާ ވެސް ހަތް ދުވަހަށް އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައިވެއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި، އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ މި ހިނދުން ފެށިގެން އިތުރު ހަތް ދުވަހުގެ މުއްދަތަށް އެ ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު)ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހައި ތަންތަނުން، ރޭގަނޑު 8:00 އިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުމަކީ މަނާކަމެކެވެ. އަދި ރޭގަނޑު 10:30 އިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްދިނުން ވެސް ހުއްޓައިލުމަށް އަންގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު