ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ އިޓަލީގައި ފިޔަވަޅުތައް ވަރުގަދަކުރަން ނިންމައިފިއެވެ.
ކޮވިޑްގެ އާ ރާޅެއް އިޓަލީއަށް އަރައި އެގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވާން ފަށާފައެވެ.
އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރަގީ ވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކެއްގެ ސްކޫލްތަކާއި ރެސްްޓޯރަންޓުތަކުުގެ އިތުރުން ފިހާރަތައް ވެސް މާދަމާއިން ފެށިގެން ބަންދުކުރަން ނިންމަވައިފައެވެ.
އިޓަލީގައި އަންނަ މަހުގެ ތިނަކުން ފަހަކަށް ކުރިޔަށްދާ ނަސާރާ ދީނުގެ އީސްޓަރ ބަންދާ ދިމާކޮށް ލޮކްޑައުން ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އިޓަލީން ވަނީ އެގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެ މީގެ އަހަރެއްހައި ދުވަސްކުރިން މުޅި ގައުމު ވެސް ލޮކްޑައުން ކޮށްފައެވެ. އެގައުމު ވެފައިވަނީ ޔޫރަޕުން ދެވަނައަށް އެންމެ ގިނަ މީހުން ބަލީގައި މަރުވި ގައުމަށެވެ. އިޓަލީގައި ކޮވިޑް ޖެހިގެން ލައްކަ އަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ