ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުން އެސްޓާސް ފިހާރަ ބަންދުކޮށްފި އެވެ.
އެސްޓާސް ފިހާރަ ބަންދުކޮށްފައިވަނީ މިއަދު ހަވީރު އެވެ.
އެޗްޕީއޭ އިން ބުނީ، 24 ގަޑިއިރަށް އެސްޓާސް ފިހާރަ ބަންދުކޮށްފައިވަނީ ތިން ފަހަރު ނޯޓިސް ދިނުމަށްފަހު ވެސް ގައިޑްލައިނަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ.
އެގޮތުން ފުރަތަމަ ފަހަރު ވައިޓް ނޯޓިސް އަދި މިއަދު ބަންދު ކުރަން އެންގުމުގެ ކުރިން ރެޑް ނޯޓީސް ދީ، ކޮވިޑް-19 ހުއްޓުވުމަށް އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ވިޔަފާރީ ކުރުމަށް އެ ފިހާރައަށް އެޗްޕީއޭ އިން އެންގި އެވެ.
އެސްޓާސް އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭ އިން ދޭނީ 24 ގަޑިއިރު ފަހުން އެތަން އިންސްޕެކްޓު ކުރުމަށްފަހު، ގައިޑްލައިންއަށް ފެތޭނަމަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު