ކޮވިޑުގެ ހާލަތު ގޯސްވެ އިންޑިއާގެ ސިޓީއެއް ލޮކްޑައުން ކުރަން ނިންމައިފިއެވެ.
އިންޑިއާގެ މަހާރަސްތަރާ ސްޓޭޓްގެ ނަގްޕޫރު ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށެވެ.
އިންޑިއާގެ ސަރުކާރުން ވަނީ ނަގްޕޫރްގެ އިތުރުން އެ ސަރަހައްދާ ގުޅޭ އެހެން ސަރަހައްދުތައް ވެސް ލޮކްޑައުން ކުރާނެކަން އަންގައިފައެވެ.
އިންޑިއާގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން ދިއުމަށްފަހު އަނެއްކާވެސް ވަނީ ބައެއް ސަރަހައްދުތަކުން ކޭސްތައް އިތުރުވެ ނުރައްކާ ބޮޑުވާން ފަށައިފައެވެ.
އެގައުމުގެ ސިއްހީ އޮފިޝަލުން ވެސް ވަނީ ކޮވިޑްގެ އިތުރު ވޭރިއަންޓްތައް ފެންނަން ފަށާފައިވާ ކަމަށް ބުނެ، ހާލަތު ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ.
ދުނިޔެއިން ކޮވިޑުގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ އިންޑިއާއިން މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު 157،000 އަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ