އދ. ފެންފުށިން ރެންޑަމްކޮށް ނެގި ސާމްޕަލް އެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް ޝާހިދު އަބްދުއްރަހީމް މިރޭ "ވަން" އަށް ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ރޯގާގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު ކޮވިޑަށް ޓެސްޓު ކުރުމުން، އެމީހާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެމީހާގެ ނަތީޖާ ލިބިފައިވަނީ މިއަދު ހަވީރު ކަމަށާއި އެ ކޭސްއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޕޮޒިޓިވްވި މީހާ މިހާރު އެކަހެރި ކޮށްފައިވާ ކަމަށާއި އަދި އޭނާގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ރަށުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.