ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ލޯގޯ މިއަދު އިފްތިިތާހު ކޮށްފި އެވެ.
ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް ލޯގޯ އިފްތިތާހު ކޮށްފައިވަނީ މިއަދު ޓްއަރިޒަމް މިނިސްޓްރީގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއަދު އިފްތިތާހު ކުރި ލޯގޯ ފަތުރުވެރިކަމުގެ ރަންޔޫބީލް ހުރިހާ ހަރަކާތްތަކުގައި ބޭނުންކުރާނެ ކަމަށެވެ.
ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަހުމަދު މުޖްތަބާއާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފު ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ލޯގޯ އިފްތިތާހު ކޮށްދެއްވީ ހުސައިން އަފީފެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭނީ އަންނަ އަހަރު އެވެ. ރަން ޔޫބީލަށް ތައްޔާރު ވުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަންޔޫބީލްގެ ކައުންޓްޑައުން އެއް މިހާރު ވަނީ ފަށާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު