ލ. ގަމުގައި ދާދިފަހުން ހުޅުވި ޒޯން ސްޓޭޑިއަމްގައި އޭއެފްސީ ކަޕްގެ މެޗެއް ހޯސްޓް ކުރުމަށް އޮތް ފުރުސަތުތައް ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ބަލައިފިއެވެ.
މި ހަފުތާގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި މިނިސްޓްރީގެ އިތުރު ޓެކްނިކަލް ބޭފުޅުންގެ އިތުރުން، އެފްއޭއެމްގެ ޓެކްނިކަލް ބޭފުޅުން ގަމު ކައުންސިލާއެކު ދަނޑުގެ ކަންކަން ބަލާފައިވާއިރު، ޔޫތު މިނިސްޓްރީން ވަނީ އެކިއެކި އިދާރާތަކުން ހަމަޖައްސަން ޖެހޭ އެހެން ކަންކަމުގެ އިތުރުން، ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކޮށްފައެވެ.
ލ. ގަމުގެ ޒޯން ސްޓޭޑިއަމްގައި އޭއެފްސީ ކަޕްގެ މެޗެއް ހޯސްޓް ކުރުމަށް އެފްއޭއެމުން ވިސްނާފައި ވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ހޯސްޓް ކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައި ވުމުންނެވެ. އެ ފުރުސަތު ކާމިޔާބުކުރެވި، ރާއްޖެއިން އަންނަ މަހުގެ މެޗުތަކަށް ތައްޔާރުވާއިރު، ބައެއް މެޗުތައް އެއް ގަޑިއަކަށްވެސް ޝެޑިއުލް ކުރެވިފައި ވެއެވެ.
ގަމުގެ ސްޓޭޑިއަމްގައި އޭއެފްސީ ކަޕްގެ މެޗެއް ކުޅެވޭނެ މަންޒަރު ފެންނާނެ ކަމަށް މީގެ ކުރިން ޔޫތު މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ. ލ. ގަމުގައި ފީފާ ސްޓޭންޑަޑަށް ތަރައްގީކޮށްފައިވާ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ރާއްޖެ ތެރޭގައި ފުޓުބޯޅައާއި ފުޓްސަލް ދަނޑުތައް ތަރައްގީ ކުރަމުން އަންނަނީ މަރުކަޒީ ބަންދުން ވީއްލި، މާލެއިން ބޭރުގައިވެސް ފުޓުބޯޅަ އާއި ފުޓްސަލްގެ ކުރިމަގަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި އެ ދަނޑުގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެފައި ދައްކާނެ ކަމަށް އެދުވަހު މަހުލޫފް ވިދާޅުވިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު