މާލެ ސަރަހައްދުގައި ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ ބައިގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ކޮވިޑްގެ ދެވަނަ ޑޯޒު ދޭން ފައްޓަންޖެހޭ ކަމަށާއި އެހެން ނޫނީ އެ ބަލިން ރައްކާތެރިވެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ހިޔާލު ކޮށްގެން މިތިބީ މާލޭގައި ފުރަތަމަ ޑޯޒު ޖެހުން 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެވަނަ ޑޯޒް ޖެހުން،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ދެމުން އަންނައިރު ނަސީމު ވިދާޅުވީ، ރާއްޖޭގައި މިހާރު ދުވާލަކު 10،000 ޑޯޒް ވެކްސިން ޖެހުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.
އަދި މިހާރު ދުވާލެއްގެ މައްޗަށް 5000 އާއި 7000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވެކްސިން ދެމުން އަންނައިރު، މާލޭގެ އާބާދީގެ 70 ނުވަތަ 80 ޕަސެންޓް މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު