ކޮރޯނާވައިރަސް ހިފައިގެން ދޮރުން ދޮރަށް ދާން ބޭނުން ނުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން އެހެން ވިދާޅުވީ، ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އަނަސް އަބްދުލް ސައްތާރު، މިއަދު ދޮރުން ދޮރަށް ކެމްޕެއިން ފައްޓަވާފައި ވަނިކޮށެވެ. އެ ހަރަކާތުގައި އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެކަމަށް ފާޑުވިދާޅުވެ އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ރައްޔިތުންގެ ހާލަތާއި މާލެއަށް ކުރިމަތުވެފައިވާ މައްސަލަތައް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮރޯނާ ހިފައިގެން ދޮރުން ދޮރަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ޕާޓީތަކާއި އެހެން ކެނޑިޑޭޓުން ވެސް ފަށާފައިވާއިރު، ކޮވިޑު ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެމްޕެއިން ކުރުމަށް ފަހި ފުރުސަތެއް ނެތް ކަމަށް ބުނެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ ކެމްޕެއިން ކުރުމަށް ސަރުކާރުން ހުރަސް އަޅަމުން އަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު