ރ. ދުވާފަރު ބިން ހިއްކުމަށްޓަކައި އެރަށަށް މަހާ ޖައްރާފު ގޮސްފިއެވެ.
ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.
ދުވާފަރުގެ ބިން ހިއްކުމަށްޓަކައި މަހާ ޖައްރާފާއެކު އެމްޓީސީސީގެ މުވައްޒަފުން ދިއުމުން ދުވާފަރުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު