ވެލާ ޕްރައިވެޓް އައިލެންޑުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 3،055 ޑޮލަރު (ގާތްގަނޑަކަށް 47،108ރ.) ދީފި އެވެ.

ރިސޯޓް ވޯކާސް ޕޭޖުގައިވާ ގޮތުން މިދިޔަ މަހު ވެލާއިން ސާވިސް ޗާޖުގެ ގޮތުގައި 3،055 ޑޮލަރު ދިންއިރު، ޖެނުއަރީ މަހު ސާވިސް ޗާޖަށް ދީފައިވަނީ 4079.10 ޑޮލަރެވެ.

ރާއްޖޭގައި އެންމެ މަތިން ސާވިސް ޗާޖު ދޭ އެއް ރިސޯޓަކީ ވެލާ ރިސޯޓެވެ. އެ ރިސޯޓުން ދޭ ސާވިސް ޗާޖު މަތިވާ މައިގަނޑު ސަބަބަކީ މުވައްޒަފުން މަދު ކަމާއި އެ ރިސޯޓަކީ އެންމެ މަތީ ފެންވަރުގައި ހިދުމަތްދޭ ރިސޯޓަކަށް ވުމުންނެވެ. ދުނިޔޭގެ ގިނަ މަހުޖަނުންގެ މެދުގައި ވެލާ ރިސޯޓަކީ މަގުބޫލު ރިސޯޓެކެވެ.

މިދިޔަ މަހު ދެން އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ފޯސީޒަން ރިސޯޓުންނެވެ. އެއީ 1،531 ޑޮލަރު (ގާތްގަނޑަކަށް 23.608ރ.) އެވެ

ސާވިސް ޗާޖުގެ ގޮތުގައި ދިހަ ޕަސަެންޓް ނަގައި މުވައްޒަފުންނަށް ހަމަހަމަ އުސޫލުން ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ކަމަކެވެ.