ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ އެއާލައިނުން ޑާކާއަށް ހަފުތާއަކު ހަތަރު ފްލައިޓު ބާއްވާނެ ކަމަށެވެ. ކޮންމެ ފަސިންޖަރަކަށްވެސް ލަގެޖު އެލަވަންސްގެ ގޮތުގައި 30 ކިލޯ ގެންދެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު ޑާކާއަށް ހަފުތާއަކު ބާއްވަނީ ތިން ފްލައިޓެވެ. އެއީ އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހުއެވެ.
މޯލްޑިވިއަން އިން ޑާކާއަށް ކުރާ ދަތުރުތަކުގައި އެއްކޮޅު ޓިކެޓުގެ މިހާރުގެ އަގަކީ 433 ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު