އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކުން ދެ ރުފިޔާ 34 ލާރި ބަހަން މިއަދު ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިއަދު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް 35 ހިއްސާދާރަކާއި ޕްރޮކްސީއާއެކު އަށް ހިއްސާދާރަކު ބައިވެރިވި އެވެ. އެ ހިއްސާދާރުން ޖުމުލަ 1.34 މިލިއަނަށްވުރެ ގިނަ ހިއްސާ ތަމްސީލުކުރި އެވެ.
އުރީދޫގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 407 މިލިއަން ރުފޔާ ލިބިފައިވެ އެވެ. އަދި އެ ފައިދާއިން މިއަހަރު ބަހަން ނިންމާފައިވަނީ 85 ޕަސެންޓެވެ.
އެގޮތުން ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 100 ޕަސެންޓް ހިއްސާދާރުންގެ ވޯޯޓާއެކު އެވެ. އެ ކުންފުންޏަށް 2019 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ބަހާފައިވަނީ ތިން ރުފިޔާ 30 ލާރި އެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާންގެ އިތުރުން ޗެއާމަން އެންޑްރޫ ތޫ އޮޑްވާ ކްވަލްސެތް ވެސް ބައިވެރިވި އިރު, ހިއްސާގެ ފައިދާ ފާސްކުރުމުގެ އިތުރުން މިރޭ ވަނީ 2020 ވަނަ އަހަރުގެ މާލީ ރިޕޯޓުތަކާއި އޮޑިޓް ރިޕޯޓު ވެސް ފާސްކޮށްފަ އެވެ.
އަދި އުރީދޫ މޯލްޑިވްސް މި އަހަރު އޮޑިޓް ކުރާ ކުންފުނީގެ ގޮތުގައި ވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ( ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ކުންފުންޏަށް އުޖޫރައިގެ ގޮތުގައި 59,600 ޑޮލަރު ދޭން ވަނީ ފާސްކޮށްފަ އެވެ.
އުރީދޫއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓްގެ ދަށްވުމެކެވެ.
ޖަލްސާގައި މިދިޔަ އަހަރަކީ ގެއްލުމުގެ އަހަރެއްތޯ ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުންފުނީގެ ސީސީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ, ކޮވިޑާ ގުޅިގެން ރޯމިން އާއި ރިސޯޓުތައް ބަންދުކޮށް ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު 15 ޕަސެންޓް މަދުން އާމްދަނީ ލިބުނު ނަމަވެސް, މިދިޔަ އަހަރަކީ ގެއްލުމުގެ އަހަރެއް ނޫން ކަމަށެވެ.
އޮގަސްޓް 1, 2005 ވަނަ އަހަރު ރާއްޖޭގެ ދެވަނަ މޮބައިލް އޮޕަރޭޓަރުގެ ގޮތުގައި އުރީދޫ ރާއްޖޭގައި ހިދުމަތް ދޭން ފެށީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ ނަމުގަ އެވެ. އެ ކުންފުނީގެ ހިއްސާ ބެހިގެން ވަނީ ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ 90.5 ޕަސެންޓާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 5.64 ޕަސެންޓް އަދި އާއްމު ޕަބްލިކުގެ 3.86 ޕަސެންޓުގެ މައްޗަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި