ރ. އުނގޫފާރުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސް ވެ ފަރުވާދޭން ފަށައިފި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު މަސްފެންގަނޑަކަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ކުއްޖާގެ ވިންދު ހުރި ކަމަށާއި ނޭވާ ލާ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހޮސްޕިޓަލްގެ އައިސީޔޫ އަށް ޝިފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަސްފެންގަނޑަށް ވެއްޓުނީ އުމުރުން ދެ އަހަރާއި ހަތަރު މަހުގެ އަންހެން ކުއްޖެކެވެ.