އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި ސިއްހީ މައްސަލައެއްގައި މަރުވި، ގއ. މާމެންދޫ، އާޒާދު، ސަލްމާ ނަސީރު (ސާޖިދާ) ގެ ހަނދާނުގައި ފޮތެއް ނެރެފި އެވެ.
މިފޮތް ނެރެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ރައީސް އަބްދުލް މުއީދެވެ. އޭނާގެ ފެސްބުކުގައި ވިދާޅުވެފައިވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ މި ފޮތް ހިއްސާކޮށް ސާޖިދާގެ މައްޗަށް ހެޔޮ ދުއާކޮށްދިނުމަށް އެދޭ ކަމަށެވެ.
މި ފޮތަކީ، ސާޖިދާ ނިޔާވުމާ ގުޅިގެން ލިޔެވުނު ފޮތެއް ކަމަށާއި މިއީ ހިލޭ ދޫކުރާ ފޮތެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"މިފޮތަކީ، ސަލްމާ ނަސީރު (ސާޖިދާ) އަށްޓަކައި ދެމިހުންނާނެ ދަރުމައެއް ކަމުގައި، މާތް ﷲ ލައްވާށިއެވެ!އާމީން!" އޭނާ ވިދާޅުވެފައިވެ އެވެ.
މުއީދު ވިދާޅުވީ މި ފޮތް ލިޔުނީ ސާޖިދާގެ ހަނދާނާއި ޒިކުރާ ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
މި ފޮތުގައި އެންމެ ފުރަތަމަ އަލިއަޅުވާލާފައިވާނީ ސާޖިދާގެ ރިވެތި ނަމުގައިވާ ފުރިހަމަ މާނަތަކުގެ މައްޗަށް ކަމަށާއި ދެވަނައަށް ބަލައިލައިފައިވާނީ އޭނާގެ ނަސަބުގެ މައްޗަށް ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ސާޖިދާ އާ ބެހޭ އިތުރު މައުލޫމަތުތައް މި ފޮތުގައި ވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސާޖިދާ މަރުވީ އަލަތު ދަރިފުޅު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލައަކުން ލޭ މަނާ ނުވެގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު