ކޮމިޔުނިކޭޝަން މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު ވަޒީރުކަމުގައި ހިމެނިވަޑައިގަންނަވާ ސްލޮޓް ގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން ސަލީމް އެހެން ވިދާޅުވީ، މަލީހުގެ ސްލޮޓަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށްވީ ނަމަވެސް، މަލީހު ޖުމްހޫރީ ޕާޓީއާ ފުރަތަމަ ގުޅިވަޑައިގަތީ، ކޯލީޝަނެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލާއި އަދި މި ސަރުކާރުގެ ފުރަތަަމަ ހެލްތު މިނިސްޓަރު އަބުދުﷲ އަމީންއާއެކު ތިން ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް ކަން ފާހަގަ ކުރައްވައެވެ.
"މިނިސްޓަރު މަލީހުގެ ސްލޮޓްގެ ސައްހަ ކަމާ މެދުގައި އަޅުގަނޑުގެ ހިތުގައި ސިޔާސީގޮތުން ސުވާލު އުފެދޭ، މިނިސްޓަރަށް ލިބިވަޑައިގެންނެވި ސްލޮޓަކީ ޖުމްހޫރި ޕާޓީގެ ތެރެއިން ލިބިވަޑައިގެންނެވި ސްލޮޓެއް، އެހެން ނަމަވެސް އެއީ އޭގެ ތެރެއިން ކުޑަ ކޯލީޝަނަކުން ލިބިވަޑަިއގެންނެވި ފުރުސަތެއްކަން އަޅުގަނޑަށް ވިސްނިފަ މި އޮންނަނީ،" ސަލީމް ވިދާޅުވިއެވެ.
ޑރ. ޖަމީލު ޕީޕީއެމާ ގުޅިވަޑަިގެންފައިވާކަން ފާހަގަ ކުރައްވައި ސަލީމު ވިދާޅުވީ އެ ކުޑަ ޕާޓީގެ ލީޑަރު މިހާރު ހުންނެވީ ވެރިކަންކުރާ ކޯލިޝާ އެކުގައި ނޫން ކަމަށެވެ. އެހެންކަމުން އިހުލާސްތެރިކަމާއެކު ވެރިކަން ހިންގާ ކޯލީޝަނަށް މިނިސްޓަރު މަލީހަށް ހިދުމަތް ކުރެއްވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަަށްވެސް ސަލީމް ވިދާޅުވިއެވެ.
"އެ ކުޑަ ޕާޓީގެ ލީޑަރު މިހާރު ހުންނެވީ އަޅުގަނޑުމެންގެ ކޯލީޝަންއާ އެކުގައެއް ނޫން. އެ ތިން މެންބަރުންގެ ޕާޓީ، އެހެންކަމަށް ވާނަމަ އިއްޒަތްތެރި މިނިސްޓަރަށް ތެދުވެރިކަމާއި އިހުލާސތެރިކަމާއެކުގައި މި ކޯލީޝަނަށް ހިދުމަތް ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ،" ސަލީމް ވިދާޅުވިއެވެ.
އަހުމަދު ސަލީމް (ހޯރަފުށީ ދާއިރާ)
އަހުމަދު ސަލީމް (ހޯރަފުށީ ދާއިރާ)